ސްކޭމް މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ/ ޕޮލިސް
ސްކޭމް މައްސަލާގައި ހައްޔަރުކުރި މީހުން- ފޮޓޯ/ ޕޮލިސް
ހަބަރު 28 Oct 2026 | 12:40

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބަޔަކު ހައްޔަރުކޮށްފި؛ 60،000 ރުފިޔާ ފޭރުނު

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. 

މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ) އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެންބަރު 2ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ. 

މި އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ 2026 އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ. 

މި ދެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ލޯބީގެ ދަލުގައި ޖައްސައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
15 Nov 2026 ހަބަރު

ލޯބީގެ ދަލުގައި ޖައްސައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އިންޓަނެޓް މެދުވެރިކޮށް މީހުންނާ ގުޅުން ބަދަހިކޮށް، ލޯބީގެ ދަލުގައި ޖައްސައިގެން ފައިސާ ހޯދުމަށް ހިންގާ "ރޮމޭންސް ސްކޭމް" ތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.