ރަސްމާދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުން އެމްޓީސީސީއަށް
ރ. ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤް އެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
މި މަޝްރޫއު ގެ ދަށުން ރަސްމާދޫގެ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 157މީޓަރުގެ ރިވެޓްމަންޓް، 45މީޓަރުގެ ފަސް ޓީ-ގްރޮއިން، 55 މީޓަރުގެ އެއް ޓީ-ގްރޮއިން، އަދި އިތުރު ގްރޮއިންގެގޮތުގައި 43 މީޓަރު ޤާއިމްކުރުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.
210 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއު އަކީ 17،882،643.60 ރުފިޔާގެ މަޝްރޫއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް