ޒުވާނެއް ގެއްލިގެން ހޯދަނީ
ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހދ. ނޮޅިވަރަންފަރު ނޫރަންވިލާ، ހުސައިން އާލިމް (31އ) ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަދި އޭނާ މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 2:45 ހާއިރު ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މަހު 23 ވަނަ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން ހުސައިން އާލިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް