ރައީސް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު ހަވީރު 4:30ގައި ކަމަށެވެ.
ނަމަވެސް މިއީ ކޮން ކަމަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
މި ޕްރެސްކޮންފަރެންސް ރައީސް އޮފީހުގެ ސައިޓުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް