އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަށްކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނީ މިއީ ވައިގެ މަގުން އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް އެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ހަ މިލިޔަން ރުފިޔާ އަށްވުރެ ގިނަ ރުފިޔާ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އަދި މިއީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ބޮޑު ސިޕްމެންޓެއް ކަމަށް ކަސްޓަމްސްއިން ހާމަކުރެ އެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކަސްޓަމްސް އިން ކުރިއަށްދާ އިރު މި މައްސަލާގައި އަތުލައިގަތް ތަކެއްޗާއި އެތަކެތި އެތެރެކުރި މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް