މަޠީއުﷲ ވެސާ/ އަފްޣާންގައި އަންހެން ކުދިންގެ ތައުލީމު އުގެނުމުގެ ހައްޤުހޯދައި ދިނުމަށް ވަކާލާތުކުރާ އެކްޓިވިސްޓެއް
މަޠީއުﷲ ވެސާ/ އަފްޣާންގައި އަންހެން ކުދިންގެ ތައުލީމު އުގެނުމުގެ ހައްޤުހޯދައި ދިނުމަށް ވަކާލާތުކުރާ އެކްޓިވިސްޓެއް
ދުނިޔެ 29 Mar 2023 | 08:03

އަފްޣާނިސްޠާނުގައި އަންހެން ކުދިންނަށް ތަޢުލީމު ދިނުމަށް ގޮވާލާ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

އަފްޣާނިސްޠާނުގައި އަންހެން ކުދިންނަށް ތަޢުލީމު ދިނުމަށް ގޮވަލައި އަންހެން ކުދިންނަށް އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ މަތީއުﷲ ވެސާ ޠަލިބާން ސަރުކާރުން ހައްޔަރުކޮށްފިއެވެ.

ޔޫއެން އިން ބުނެފައިވަނީ މަޠީއުﷲ ހައްޔަރުކޮށްފައި ވާކަމަށާއި އޭނާ ހައްޔަރުކުރީ ކޮން ސަބަބަކާއި ހުރެކަން ޠާލިބާނުން ބުނެދީފައި ނުވާކަމަށެވެ. މަޠީއުﷲ އަކީ އަފްޣާނިސްޠާނުގައި ތަޢުލީމު އުގެނުމުން މަހްރޫމްވެފައިވާ ކުދިންނަށް އެފުުރުސަތު ހޯދައިދިނުމަށް މޮބައިލް ލައިބްރަރީ އެއް ތަޢާރަފްކޮށް އަންހެންކުދިންނަށް ތަޢުލީމުދިނުމަށް ގޮވާލައި އެކަމަށް ވަކާލަތު ކުރަމުންދާ މީހެކެވެ. އަދި އަފްޣާނިސްޠާނުގައި ކުރިއަށް ގެންދާ "ޕެން ޕޭތް" ގެ ހެޑަކީވެސް މަޠީއުﷲ އެވެ.

ޔޫއެން އިން ވަނީ މަޠީއުﷲ ވީތަނެއް ހާމަކުރުމަށާއި އޭނާ ހައްޔަރު ކުރި ސަބަބެއް ހާމަކުރުމަށް ގޮވާލައިފައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އޭނާ އަށް ވަކީލުންގެ އިންތިޒާމް ހަމަޖައްސައި ދިނުމަށާއި އޭނާގެ އާއިލާ އަށް އޭނާ އާއި ވާހަކަދެވޭނެ ގޮތް ހަދައިދިނުމަށްވެސް ގޮވާލައިފައިވެއެވެ.

ޠާލިބާނުގެ ސަރުކާރުން ޔޫއެންގެ މި ގޮޥާލުމަށް އެއްވެސް ޖަވާބެެއް އަދިއެއް ދީފައެއް ނުވެއެވެ.

މަޠީއުﷲ އަފްޢާނިސްތާނުގައި އަންހެން ކުދިންނަށް ތަޢުލީމު އުގެނުމުގެ ހައްޤު ހޮދައި ދިނުމަށް ވަކާލާތު ކުރަމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

މި ފަހުން ޠާލިބާނުންގެ ވެރިކަން ފެށުމުގެ ކުރިން އޮތް ވެރިކަން އޮތް އިރުވެސް އަފްޣާންގެ ތަރައްޤީނުވާ ހިސާބުތަކަށް ދަތުރުކޮށް ޓްރައިބް ތަކުގެ ވެރިންނާއި ބައްދަލުކޮށް ސްކޫލްތައް ހުޅުވުމަށާއި ތަޢުލީމު ދިނުމަށް ގޮވާލައި އެކަންކަމާއި މެދު ހޭލުންތެރި ކުރުވާފައިވެއެވެ. އަދި ފޮތް ހަދިޔާ ކުރުމާއި މޮބައިލް ލައިބްރަރީތައް ފޯރުކޮށްދީފައި ވެއެވެ.

2021 ގައި ޠާލިބާނުން އަފްޣާނިސްޠާނުގެ ވެރިކަމަށް އައިފަހުން އެޤައުމުގެ އެތައް އަންހެން ކުއްޖަކު ތަޢުލީމު އުގެނުމުގެ ހައްޤުން މަހްރޫމް ވެފައި އެބަތިއްބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.