އަބިން ސީ ރާޖް
އަބިން ސީ ރާޖް
ހަބަރު 29 Jun 2023 | 06:12

ކަލަފާނުގެ އިންޑިޔާ ޓީޗަރު ވަގު ސެޓްފިކެޓްގެ މައްސަލައިގައި ބަންދަށް

ކަލާފާނު ސްކޫލްގައި ކިޔަވައިދެމުން ދިޔަ އިންޑިޔާގެ ޓީޗަރަކު ވަގު ސެޓްފިކެޓެއްގެ މައްސަލައިގައި ބަންދުގައި ބެހެއްޓުމަށް އިންޑިޔާގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދޭ އަބިން ސީ ރާޖް އެވެ. އޭނާ ހައަޔަރުކޮށްފައިވަނީ އިންޑިޔާގެ ކެރެލާގެ ޕޮލިހުންނެވެ. ކެރެލާ ޕޮލިހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ރާއްޖޭގައި ހުރެފައި އިންޑިޔާއަށް އެނބުރި ދިޔަ ވަގުތުއެވެ.

އިންޑިޔާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަބިން ސީ ރާޖް ކެރެލާގެ ފުލުހުން ހައްޔަރުކުރީ ސްޓޫޑަންޓް ފެޑެރޭޝަން އޮފް އިންޑީޔާގެ ކުރީގެ ކެރަލާ އޭރިއާ ސެކްރެޓަރީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކު އެމް-ކޮމް ކޯހެއްގެ އެޑްމިޝަންގައި ފޭކު ޑިގްރީ ސެޓިފިކެޓެއް ހުށަހެޅި މައްސަލަގައެވެ.

މިމައްސަލަގައި ނިކިލް ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާ އިރު ފުލުހުން އަބިން ހައްޔަރުކުރީ އެ ސެޓިފިކެޓް ނިކިލްއަށް ވިއްކި މީހަކީ އަބިން ކަމަށް ކޯޓުގައި ނިކިލް ބުނުމުންނެވެ.

ކޯޓުގައި ނިކިލް ބުނެފައި ވަނީ އެ ސެޓިފިކެޓް އޭނާ އަބިން އަތުން ގަތީ 2 ލައްކަ އިންޑިއަން ރުޕީސް ދީފައި ކަމަށެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަލާފާނު ސްކޫލުގެ ގްރޭޑް 9 އަށް އިކޮނޮމިކްސް ކިޔަވައިދެމުން އަންނަ އިންޑިޔާ ޓީޗަރު އަބިން ސީ ރާޖްގެ ވިސާ ކެންސަލްކޮށް ވަޒީފާއިން ކަނޑާލައިފައެވެ. އަދި އެނބުރި އިންޑިޔާއަށް ދިއުމުން، އެއާރޕޯޓުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނެގައިވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.