ޓައިޓަންގެ ބައިތައް ކަނދުއަޑިން ނަގަނީ
ޓައިޓަންގެ ބައިތައް ކަނދުއަޑިން ނަގަނީ
ދުނިޔެ 29 Jun 2023 | 07:03

ކަނޑު އަޑީގައި ހަލާކުވި ޓައިޓަންގެ ބައިތައް ނަގައިފި

އަޑިއަށް ގޮސްފައިވާ ޓައިޓޭނިކް ބަލައިލުމަށް ފަސްމީހުންނާއި އެކު ދަތުރުކުރި ސަބް-ޓައިޓަންގެ ބައިތައް ކަނޑު އަޑިން ނަގައިފިއެވެ.

ސަބް-ޓައިޓަން ހަލާކުވިކަމަށް ކަމާއި ބެހޭ ފަރާތްތަކުން ލަފާ ކޮށްފައިވަނީ ކަނޑުއަޑީގެ ޕްރެޝަރުގެ ސަބަބުން ފިތިގެނެވެ.

ޓައިޓަންގެ ބައިތައް އެޓްލާންޓިކް ކަނޑުގެ އެންމެ އަޑިން ނަގައިފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ބުނެފައިވެއެވެ.

އެގޮތުން ޓައިޓަންގެ މައިގަނޑާއި، އިންޖީނުގެއާއި، އޭގެ މޫނު މަތިކަމަށް ބެލެވޭ ބައިތަކެއް ކެރޭނުން ނަގައި  މައްޗަށް އަރުވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ތަކެއް ވަނީ ފެނިފައެވެ.

އެމެރިކާގެ ކޯސްޓްގާޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކެނެޑާގެ އުޅަނދެއް ކަމުގައިވާ ހޮރައިޒަން އާކިޓެކްޓްގައި ޓައިޓަންގެ ހަލާކުވެފައިވާ ބައިތައް ނަގާފައިވަނީ ހާދިސާ ހިނގި ކަަމަށް ލަފާކުރެވޭ ސަރަހައްދުގެ 400 މޭލު ދުރުން ކަމަށެވެ.

އެމެރިކާގެ ކޯސްޓްގާޑުގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ޓައިޓަންގެ ހަލާކުވެފައިވާ ބައިތައް ތަހްޤީޤު ކުރުމަށް އެމެރިކާއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، އެބައިތަކުގައި އިންސާނީ ހަށިގަނޑުގެ އެއްވެސް ބައެއް ވޭތޯ ބެލުމަށް އެކަމަށް ޚާއްސަ ސިއްހީ މާހިރުން ތަކެއްގެ ޓީމަކުން ޚާއްސަ ތަހުޤީޤެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

ކަނޑުއަޑިން ޓައިޓަންގެ ބައިތައް ފުރަތަމަ ނެގުނު ވަގުތުވެސް އެތަކެތި ބަލައި ފާސްކުރެވި މައުލޫމާތުތައް ވަނީ ރައްކާ ކުރެވިފައި ކަމަށް ކެނެޑާގެ ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ބުނެފައިވެއެވެ.

އިތުރު ތަހުޤީޤު ތަކަށް ފަހު ހާދިސާ ހިނގައިގެންދިޔަ ސަބަބު ދެނެގަތުމަށް އިތުރަށް ސާފުވެގެން ދާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.