ރޯގާ ފެތުރޭތީ ރޭ ފަސްކުރި މިނިވަން އުފާ ކާނިވާ، މިރޭ ހުޅުވަނީ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބެއްވުމަށް ނިންމި މިނިވަން އުފާ ކާނިވާ އެއްދުވަހަށް ފަސްކުރުމަށްފަހު މިރޭ ހުޅުވަން ހަމަޖެހިފައިވާ ކަމަށް އަރބަންކޯއިން ބުނެފިއެވެ.
މިނިވަންއުފާ ކާނިވަލަކީ ހޯމް މިނިސްޓްރީ އާއި އަރބަންކޯ ގުޅިގެން ކުރިއަށްގެންދާ ކާނިވަލެކެވެ. އަރބަންކޯ އިން ބުނީ މިނިވަން އުފާ ކާނިވާ ހުޅުވުން އޮންނާނީ މިރޭ 08:00 ގައި ކަމަށެވެ.
އަދި ކާނިވާ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައި ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30-6:00 އަށް ސެންޓްރަލް ޕާރކްގައި ކުރިއަށްދާނެ ކަމަށްވެސް އަރބަންކޯއިން ބުނެފައިވެއެވެ.
މިނިވަންއުފާ ކާނިވާ ހުޅުވުން ލަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ ދަށުންނެވެ.
ކާނިވަލުގެ ތައްޔާރީތަކަށް ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދު މިއަދު ހަވީރު 4.00 ފެށިގެން ބަންދުވާނެކަމަށްވެސް އަރބަންކޯއިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް