އެމެއިކާގެ އަސްކަރީ މަނަވަރެއް
އެމެއިކާގެ އަސްކަރީ މަނަވަރެއް
ދުނިޔެ 28 Aug 2022 | 21:05

ޕެލޯސީގެ ދަތުރުފުޅަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތަކެއް ޓައިވާން ކައިރިއަށް

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީގެ ދަތުރުފުޅަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތަކެއް ޓައިވާން ކައިރިން ދަތުރުކުރަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިއުލާންކޮށްފައެވެ.

ޕެލޯސީ މި މަހުގެ ކުރީކޮޅު ޓައިވާނަށް ކުރެއްވި ދަތުރުފުޅާއި އެކު އެމެރިކާއި އާއި ޗައިނާއާއި ދެމެދުގައި އޮތް ގުޅުން ވަނީ ހީނަރުވެގެން ގޮސްފައެވެ. އަދި އެ ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ވަނީ މިހާތަނަށް އެ ގައުމުގެ ތާރީހުގައި ހިންގި އެންމެ ވަރުގަދަ އަސްކަރީ ހަރަކާތްތައް ޓައިވާންގެ ވަށައިގެން ހިންގާފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އިއުލާން ކޮށްފައިވާ ގޮތުގައި މިފަހަރު ޓައިވާން ކައިރިން ދަތުރު ކުރަމުންދަނީ މިސައިލް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ ޔޫއެސްއެސް އެންޓިއެޓަމް އާއި ޔޫއެސްއެސް ޗާންސެލާވިލްއެވެ. ޓައިވާން ސަރަހައްދުން މީގެ ކުރިންވެސް އެމެރިކާ އަދި ހުޅަނގުގެ ބޮޑެތި ބާރު ތަކުގެ އަސްކަރީ މަނަވަރުތައް ވަނީ ދަތުރުކޮށްފައެވެ.

މިކަމާއި ގުޅިގެން ޗައިނާގެ ސިފައިން އާދީއްތަ ދުވަހު ބުނީ ދެ މަނަވަރުގެ ދަތުރު މޮނީޓާ ކުރަމުންދާ ކަމަށާއި ހަމަލާއެއް ދީފި ނަމަަ ރައްދު ދޭން ތައްޔާރަށް ތިބި ކަމަށެވެ. އަދި ޓައިވާނުން ވަނީ އެ ސަރަހައްދުގެ ހާލަތު މި ދެ މަނަވަރާއި ގުޅިގެން ބަދަލުވެފައި ނުވާކަމަށް ބުނެފައެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ޗައިނާއިން ދެކެމުން އަންނަނީ ޓައިވާނަކީ އެ ގައުމުގެ އަށެއްގެ ގޮތުގައެވެ. ނަމަވެސް ވަކި ދައުލަތެއް ކަމުގައި ދައުވާ ކުރާ ޓައިވާނާއި އެކު އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ވެސް ވަނީ ގާއިމު ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.