ޕާކިސްތާނުގައި ފެންބޮޑުވެފައި، ފޮޓޯ: ސްކައި ނިއުސް
ޕާކިސްތާނުގައި ފެންބޮޑުވެފައި، ފޮޓޯ: ސްކައި ނިއުސް
ދުނިޔެ 28 Aug 2022 | 21:07

ޕާކިސްތާނުގައި ފެންބޮޑުވެ ހާހަކަށްވުރެ ގިނަ މީހުން މަރުވެއްޖެ

ބޯކޮށް ވާރޭވެހި ޕާކިސްތާނުގައި ފެންބޮޑުވެ ފަސްގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހާހަކަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާނަށް ވަރަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، ބިންގަނޑު އުސް ސަރަހައްދުތަކުގައި ހުރި ކޯރުތައް ބަންޑުންވެ މަގުތަކަށް އެޅި މީހުންނާ އެކު ވަނީ ގަނބައިގެން ގޮސްފަ އެވެ. އަދި މިހާރު ޕާކިސްތާނުގެ ބޮޑުބައި ފެނުއަޑީގައި އޮތްކަމަށް ރިޕޯޓުތަކުން ބުނާއިރު، އަދިވެސް އެ ގައުމަށް ދަނީ ވިއްސާރައިގެ އަސަރުކުރަމުންނެވެ.

އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް އެއްކޮށް ބުރޫއަރާފައިވާއިރު މި ކާރިސާގައި މީހުން ސަލާމަތްކުރުމުގައި އުޅޭ އޮފިޝަލުން ސިންދު ޕްރޮވިންސާއި ބަލޫޗިސްތާންގައި ގިނަ ބަޔަކު ފަސްގަނޑު ދަށުވެ އަދި ވީނުވީ ގޮތް ނޭނގި އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.

އިސްލާމްއާބާދުގައި އޮތް ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އޫރުންގަޒިބު ވިދާޅުވި ގޮތުގައި ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،000 އަށް ވުރެ އިތުރުވެފަ އެވެ. އެ ގައުމުގެ ކާރިސާ މެނޭޖްމަންޓުން ބުނާ ގޮތުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދުދު 30 މިލިއަނަށް ވުރެ މިހާރު އިތުރުވާނެ އެވެ.

މޫސުމީ ބަދަލުގެ ސަބަބުން މިއަހަރު ހާއްސަ ގޮތެއްގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ގެއްލުން ވަނީ ބޮޑުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.