އެމެރިކާގެ ސިފައިން އާކްޓިކްގައި
އެމެރިކާގެ ސިފައިން އާކްޓިކްގައި
ދުނިޔެ 28 Aug 2022 | 21:09

އެމެރިކާއިން އާކްޓިކްއަށް ސަފީރަކު ކަނޑައަޅަން ނިންމައިފި

އެމެރިކާއިން ފުރަތަމަ ފަހަރަށް އާކްޓިކް ސަރަހައްދަށް ހާއްސަ ސަފީރަކު ކަނޑައަޅަން ނިންމައިފިއެވެ.

އެމެރިކާއިން މިގޮތަށް ނިންމާފައިމިވަނީ އާކްޓިކް ސަރަހައްދުގައި ރަޝިއާއިން ހިންގަމުންދާ ހަރަކާތްތައް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ހުކުރު ދުވަހު ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ދުނިޔޭގެ އެންމެ އުތުރު ބިތަށް ރަޝިއާގެ ނުރައްކާ އެބަ އޮތް ކަމަށާއި، ރަޝިޔާގެ އިތުރުން އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރެމުންދާތީ ވެސް ކަންބޮޑުވާކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެޑަންޓް ޕަޓޭލް ވިދާޅުވެފައިވަނީ އެމްބެސެޑާ އެޓް ލާޖްގެ ޒިންމާއަކަށް ވާނީ ދުނިޔޭގެ އެންމެ އުތުރު ބިތުގައި އެމެރިކާގެ ސިޔާސަތު ކުރިއެރުވުން ކަމަށެވެ.

އެމެރިކާގެ ހާއްސަ ސަފީރުގެ އެންމެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ އާކްޓިކްގެ ހަަތް ގައުމާ އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމެވެ. އެ ހަތް ގައުމަކީ ކެނެޑާ، ޑެންމާކް، ފިންލޭންޑް، އައިސްލޭންޑް، ނޯވޭ، ސްވިޑަން އަދި ރަޝިއާ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.