ޔޫވީ އާއި ސަސް ވާދަކުރި މެޗުގެ ތެރެއިިން
ޔޫވީ އާއި ސަސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 29 Aug 2023 | 04:15

ދިވެހި ޕްރެމިއާ ލީގު 2023: ޔޫވީ ބަލިކޮށް ސަސް ތިންވަނައަށް

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި ރޭ ޔުނައިޓް ވިކްޓަރީ އާއި ސްޕަރ ޔުނައިޓެޑް ސްޕޯޓްސް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ސްޕަރ ޔުނައިޓެޑް ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އިންނެވެ. އަދި މިހާފުގައި އެޓީމުން ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރި އިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ހަމީދު އެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕަރ ޔުނައިޓެޑް ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އިންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުގެ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގް އެވެ. ސްޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ދެވަނަ ލަނޑަށްފަހު ޔުނައިޓް ވިކްޓަރީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ސްޕަރ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ސްޕަރ ޔުނައިޓެޑް ސްޕޯޓްސްގެ އަހުމަދު އައިހަމް އެވެ. އަދި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު ވަނީ ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ 9 މެޗުން ލިބުނު 23 ޕޮއިންޓާއެކު އޮތް ކުލަބް އީގަލްސް އެވެ. ދެވަނަގައި އޮތް މާޒިޔާ އަށް 8 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޔުނައިޓް ވިކްޓަރީ ލީގުގައި ކުޅުނު 10 މެޗުން ލިބުނު 6 ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ ހަވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
10 Oct 2026 ކުޅިވަރު

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު

ދިވެހިޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ބައްދަލުކުރިމެޗް ބޮޑު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
21 Sep 2026 ކުޅިވަރު

ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަ...

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
21 Sep 2026 ކުޅިވަރު

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލް ކުޅުނު މެޗުން އެޓީމް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ލިވަޕޫޕް ނިކުތީ ބޯންމައުތާ ދެކޮޅަށެވެ. ބޯންމައުތުގެ ދަނޑުގައި ކ...