ޕްރޮފެސަރ ޝޯން ޓާނެލް
ޕްރޮފެސަރ ޝޯން ޓާނެލް
ދުނިޔެ 29 Sep 2022 | 09:07

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ އޮސްޓްރޭލިއާ އެޑްވައިޒަރު ތިން އަހަރަށް ޖަލަށް

މިޔަންމާގެ އިންތިޚާބީ ލީޑަރު އަންގް ސަން ސޫކީގެ އެޑްވައިޒަަރުގެ މަގާމުގައި ހުންނެވި އޮސްޓްރޭލިއާގެ ޕްރޮފެސަރ ޝޯން ޓާނެލް މިޔަންމާގައި ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޝަރީއަތަށް ފަހު ސޫ ކީ އާއި ޓާނެލްއަށް ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިޔަންމާގެ އިންތިޚާބީ ލީޑަރު އަންގް ސަން ސޫޗީގެ މައްޗަށް އެގައުމުގެ ރަސްމީ ސިއްރުތަކާ ޚިލާފްވިކަމުގެ ކުށް ސާބިތުވާ ކަމަށް އެގައުމުގެ ކޯޓަކުންވެސް ވަނީ ހުކުމްކޮށްފައެވެ.

ސޫ ކީ އާއި ޓާނެލްއަށް ވެސް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. މީގެ ކުރިން އެކި ޝަރީއަތްތަކުގައި ސޫ ކީއަށް 20 އަހަރަށް ވުރެ ދިގު މުއްދަަތެއްގެ ޖަލު ހުކުމް އިއްވާފައިވާއިރު އެކަމަނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެއަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިޔަންމާ ގެ އަސްކަރީ ސަރުކާރުން ނުހައްގުން އޭނާ ހިފަހައްޓާފައިވާތާ 19 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕްރޮފެސާ ޓާނެލްގެ މައްޗަށް އޮސްޓްރޭލިއާ ސަރުކާރުން އުފުލި ދައުވާތަކަށް އޮސްޓްރޭލިއާ ސަރުކާރުން ދަނީ ކެނޑިނޭޅި ދެކޮޅު ހަދަމުންނެވެ

އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ސީދާ ތަފްސީލެއް އާންމު ކޮށްފައި ނުވާއިރު، ދައުލަތުގެ ޓީވީން މިދިޔަ އަހަރު ބުނެފައި ވަނީ ތުރްނެލް އަށް "ދައުލަތުގެ ސިއްރު މާލީ މައުލޫމާތު" ލިބެން ހުރި ކަމަށާއި އޭނާ ގައުމުން ބޭރަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި އެކަމަނާގެ އިގްތިސޯދީ ޓީމުގެ އެހެން ބައެއް ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުލި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.