ފަތުރުވެރިންގެ ޖުމްލަ އަދަދު މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރު
މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، 2021 ވަނަ އަހަރު ރާއްޖެއައި ޖުމްލަ ފަތުރުވެރިންގެ އަދަދަށް މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އައިސްފައިވާކަމަށެވެ. މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
އެގޮތުން 2021 ވަނަ އަހަރު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،321،937 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް ކަނޑައަޅާފައި އޮތީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް