މުފްތީ މެންކްގެ ދަރުސް މިރޭ ފުވައްމުލަކުގައި
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް މިރޭ ފުވައްމުލަކުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ފުވައްމުލަކުގައި ބާއްވާ ދަރުސް އޮންނާނީ މިރޭ 8:45 ގައި ހާފިޒު އަހުމަދު ސްކޫލްގަ އެވެ. މެންކް ދަރުސް ދެއްވާނީ "އިސްލާމް، ކައިންޑްސް އެންޑް ބެނެވޮލެންސް" މި މައުޟޫއަށެވެ.
މެންކް ރޭ ވަނީ މާލޭގައި ވެސް ދަރުސް ދެއްވައިފަ އެވެ. "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" މައުޟޫއާ ގުޅޭ މުފްތީ ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ.
އެގޮތުން ނަފުސާނީ އެފަދަ އުނދަގޫތައް ދިމާވާ ސަބަބުތަކާއި އެކަންކަމުން އަރައިގަތުމާއި ރައްކާތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ދީނީ ނަޒަރުން މެންކް ވާހަކަ ދެއްކެވި އެވެ.
ފުވައްމުލަކުގައި މިރޭ ބާއްވާ ދަރުހަށްފަހު އޭނާ މާދަމާ ރޭ އައްޑޫގައި ދަރުސް ދެއްވާނެ އެވެ. އެއަށްފަހު އެންމެ ފަހު ދަރުސް ދެއްވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް