އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ
އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދާކަން އޭނާގެ އާއިލާއިން ހާމަކޮށްފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް (އައްޔަބެ) އެވެ. އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އައްޔަބެގެ ހަބަރެއް އެންމެ ފަހުންވީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ.
އައްޔަބެ އެންމެ ފަހުން ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓެއް ކަމަށް ވެސް ބުންޏެވެ. އައްޔަބެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އަންގައިދޭން ވެސް އެދިފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް