ރައީސްގެ ސިޓީފުޅެއް ކުވައިތުގެ ޢަމީރަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ސިޓީފުޅެއް ފޮނުއްވައިިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލް ޞަބާހާއިއެކު ބޭއްވެވި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުވައިތުގެ ޢަމީރު ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހަށް ފޮނުއްވެވި ސިޓީފުޅު ކުވައިތުގެ ޚާރިޖީ ވަޒީރަށް އަރުވާފައިވާ ކަމަށެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުވައިތަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް