އައިޖީއެމްއެޗް
އައިޖީއެމްއެޗް
ހަބަރު 29 Oct 2026 | 23:14

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް މީހަކު ގެނޭ

ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް މީހަކު ގެނެވޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން އެކަން ހާމަކޮށްފައި ވަނީ ދުނިޔޭގެ ސްޓްރޯކް ދުވަހާއި ގުޅިގެން ހޭލުންތެރިކުރުމަށް ހާއްސަކޮށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ހަވީރާއި ގުޅޭގޮތުން އާންމުކުރި ވީޑިއޯއެއްގަ އެވެ. އެ ވީޑިއޯގެ އެ ހޮސްޕިޓަލްގެ ބައެއްް ޑޮކްޓަރުން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެގޮތުން ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ގެނެވޭކަން ފާހަގަކޮށްފައިވެ އެވެ. އަދި ބުނީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް ސްޓްރޯކެއް ޖެހިދާނެ ކަމަށެވެ.

ސްޓްރޯކެއްގައި ކޮންމެ މިނެޓެއްވެސް ވަރަށް މުހިންމު ކަން ފާހަގަކޮށް ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.

ދުނިޔޭގެ ސްޓްރޯކް ދުވަހާއި ގުޅިގެން ހޭލުންތެރިކުރުމަށް މާދަމާ ހަވީރު އިވެންޓް އޮންނާނީ 4 އިން 6 އަށް އާޓިފިޝަލް ބީޗުގައެވެ. މި ހަވީރުގައި ސްޓްރޯކަށް ސްކްރީން ކޮށްދޭނެ އެވެ. އަދި ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ވެސް ދެނެގަނެވޭނެ އެވެ.

މީގެ އިތުރުން ހަކުރާއި ލޭގެ ޕްރެޝަރު ހިލޭ ބަލައިދޭނެ އެވެ. އަދި ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރި މާހައުލެއް ގާއިމުކޮށްދޭނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

އެޑުމަންޑް 3 weeks ago

ޚަބަރު ލިޔުނު ފަރާތުން އިތުރަށް ހިތުގެ ބަލި ރާއްޖޭގައި ގިނަ ވަރު އިތުރަށް ބާލާ ރިސާރޗް ހަދާ މި ޚަބަރު ލިޔުނު ނަމަ ދޯ. ޙާރޓް އޭޓޭކް ޖެހޭ މިންވަރާއި ދުވާލެއްގެ މައްޗަށް އައިޖީއެމްއެޗްގ އެކަނި ވެސް އެންޖިއޯ ގްރާމް ހަދާ މިންވަރު. މީކީ އެއްގޮތަކަށް ވެސް ލުއިކޮށް ދުއްވާލަންވީ ވަރު ކަމެރް ނޫން. ދިވެހިންގެ ކެއުމުގެ ސްޓައިލް ބަދަލު ކުރަން ޖެހޭ އެބަ. ޙަމަ އެކަނި ހޮސްޕިޓަލުގެ ކެންޓީން ތަކުގަ އެހެރަ ޑޯނަޓްސް، ސިނަމަން ރޯލްސް، ބްރައުނީ ސައިޒަށް ބަލާލީމަ ވެސް ރައްޔިތުންގެ ސިއްޙީ ހާލަތު ވަޒަން ކޮށްލެވޭ. ހޮސްޕިޓަލުގެ ތެރޭ ކާބޯ ތަކެތި ވިއްކާ ތަންތަނަށް ވާ އިރު ސިއްޙީ ކާނާ ވިއްކަން ބާރު އަޅަން ޖެހޭ

ގުޅޭ ލިޔުންތައް

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް
24 Nov 2026 ހަބަރު

ވަގަށް ނަގާ ފައިސާ ދައުރުކުރުމަށް ސްކޭމަރުންގެ އާ އުކުޅެއް، ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްތައް

މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ
24 Nov 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާ އެމްޑީޕީ މެންބަރުން އެކަން ޕާޓީއަށް އަންގަން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް ބާއްވާ މުޒާހަރާގައި ބައިވެރިވާނެ މެންބަރުން އެކަން އެންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެދިއްޖެއެވެ.

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.