ވިޔަފާރި ބަނދަރު
ވިޔަފާރި ބަނދަރު
ހަބަރު 29 Oct 2026 | 15:40

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ގަނެ އެ ތެލަށް ޚިޔާނާތްތެރިވި މައްސަލާގަައި ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ދައުވާ އުުފުލީ ސ. ފޭދޫ ވާރުގޭ މުހައްމަދު އައިމަން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ.

ދައުލަތުން ބުނީ އައިމަން، 2019 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ އެފްއެސްއެމް އިން އެމްޕީއެލަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި އެ ކުންފުންޏަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް ޖަނަވަރީ 13، 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓް ބަލައިގަނެ ސޮއިކުރުމަށް ފަހު އެމްޕީއެލަށް ލިބިފައި ނެތް 783،100 ލީޓަރުގެ ޑީސަލް ލިބިފައިވަ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި އެ ޑީސަލަށްވާ 6,799,800 ރުފިޔާ އެފްއެސްއެމަށް ދައްކައި ޖުމްލަ 783,100 ލީޓަރުގެ ޑީސަލަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ.

އެހެން ކަމުން އޭނާގެ މައްޗަށް ވަނީ ހިިޔާނާތްތެރިވުމާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔެކިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުުރުމުގެ ދައުވާ އުފުލާފަ އެވެ. މި ދެ ދައުވާ ސާބިތުވެ ހިިޔާނާތްތެރިވުމުގެ އަދަބެއްގެ ގޮތުން 8 އަހަރަށް ޖަލަށްލައި އެނގިހުރެ ސައްހަ ނޫން ލިޔެކިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

އަދި މި މައްސަލާގައި ހިޔާނާތްތެރިވި 783,100 ލީޓަރުގެ ޑީސަލަށްވާ 6,799,800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ. 

ބިދޭސީ މީހާވެސް 8 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލައި މި މައްސަލާގައި ހިޔާނާތްތެރިވި 783,100 ލީޓަރުގެ ޑީސަލަށްވާ 6,799,800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި
29 Oct 2026 ހަބަރު

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް 97 އުނގެނުމުގެ ގޭމާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
29 Oct 2026 ހަބަރު

11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އަޅާނެ ކަމަށެވެ.

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ
29 Oct 2026 ހަބަރު

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ، މިއަދު ފަތިހުން ފެށިގެން ޚަބަރެއް ނުވޭ

ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް )އައްޔަބެ( އެވ

މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް
29 Oct 2026 ހަބަރު

މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް

މި ސްކޮލަރޝިޕަކީ ކޯހުގެ ޓިއުޝަން ފީއާއި، ފޮތްތަކަށް ހިނގާ ޚަރަދާއި، އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސްގެއިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭހެން، ހުރިހާ ޚަރަދެއްފަ އުންޑޭޝަނުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް
29 Oct 2026 ހަބަރު

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް

ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް

‏މީގެ އިތުރުން އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5،000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާން ކަމުގައި ސޯލިހް ވިދާޅުވި އެވެ.

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް
29 Oct 2026 ހަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.