ބ.ތުޅާދޫ ހައުސިން ޔުނިޓްތައް.. ފޮޓޯ: ވޮއިސް
ބ.ތުޅާދޫ ހައުސިން ޔުނިޓްތައް.. ފޮޓޯ: ވޮއިސް
ހަބަރު 29 Oct 2026 | 10:32

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް

ބ. ތުޅާދޫގައި އިމާރާތްކުރި 100 ޔުނިޓަށް ހުށަހެޅި ފޯމަށް ލިބިފައިވާ ޕޮއިންޓް މިހާރު ބަލާލެވޭނެ ކަމަށާ ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.

ސަރުކާރުގެ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާއި އެއްގޮތަށް ވެރިފައިކޮށް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ބުނީ ފޯމު ހުށަހެޅި ފަރާތްތަކަށް ހިޔާވެހި ޕޯޓަލަށް ލޮގިންވުމުން، ހުށަހެޅި ފޯމަށް ލިބިފައިވާ ޕޮއިންޓު ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

ލިބިފައިވާ ޕޮއިންޓާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އިތުރު ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އެ ޝަކުވާއެއް ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅަންވާނީ 16 ނޮވެމްބަރު 2026 ގެ 14:00 ގެ ކުރިންނެވެ.

ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް
29 Oct 2026 ހަބަރު

މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް

މި ސްކޮލަރޝިޕަކީ ކޯހުގެ ޓިއުޝަން ފީއާއި، ފޮތްތަކަށް ހިނގާ ޚަރަދާއި، އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސްގެއިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭހެން، ހުރިހާ ޚަރަދެއްފަ އުންޑޭޝަނުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް

‏މީގެ އިތުރުން އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5،000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާން ކަމުގައި ސޯލިހް ވިދާޅުވި އެވެ.

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް
29 Oct 2026 ހަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
29 Oct 2026 ހަބަރު

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

 ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
29 Oct 2026 ހަބަރު

ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގިރް މިއާ، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު
29 Oct 2026 ހަބަރު

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..