ދައުލަތުގެ ޓެކްސް އިދާރާ
ދައުލަތުގެ ޓެކްސް އިދާރާ
ހަބަރު 29 Oct 2026 | 08:58

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

މިހާރު ނަގަމުން އަންނަ އެއްވެސް ޓެކުހެއް އަންނަ އަހަރު ބޮޑު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިކަން ހާމަކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ، މި ހިނގާ އަހަރު ދިމާވި އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް، ސަރުކާރުގެ މިސްރާބު ހުރީ ޓެކްސްގެ ނިޒާމުގެ އެފިޝިއެންސީ ނުވަތަ ހިންގުންތެރިކަން ވަރުގަދަކޮށް، ދައުލަތުގެ އާމްދަނީގެ ބޭސް ފުޅާކުރުމަށް ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއްގެ ރޭޓު މަތި ނުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެކްސް ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށް ރޭވިފައިވާ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި އަހަރު އަލަށް ތަޢާރަފު ކުރެވުނު "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް"ގެ ބޭނުން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޒަމާނީ "އީ-އިންވޮއިސިންގ" ނިޒާމެއް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

މާލީ ވަޒީރު ހަސަން ޒަރީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަޅަން ނިންމާފައިވާ މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން ދައުލަތުގެ އާމްދަނީ ބެލެހެއްޓުން ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެއެވެ. އަދި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ޓެކްސް ބޮޑުނުކޮށް، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ މަގު ފަހިވެގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
29 Oct 2026 ހަބަރު

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

 ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
29 Oct 2026 ހަބަރު

ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގިރް މިއާ، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
29 Oct 2026 ހަބަރު

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު

މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި
29 Oct 2026 ހަބަރު

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި

ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
29 Oct 2026 ހަބަރު

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފުރިހަމަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކެންސަރުގެ ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް )ޑީސީއޯއެސް( ހުޅުމާލޭގައި ޤާއިމުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް )އެމްސީޖީއެޗް( އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި
29 Oct 2026 ހަބަރު

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

އެ މަގާމަށް މޫސާ އަލީ ޖަލީލް އިއްޔެ އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވަނީ ”ވޮއިސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.