މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްޤީކުރި މިކްނިކް ރަށް ކުޑަގިރި
މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްޤީކުރި މިކްނިކް ރަށް ކުޑަގިރި
ހަބަރު 29 Oct 2026 | 10:01

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އާއިލާތަކަށް ހިތްފަސޭހަކަމާއެކު ދަތުރުގޮސް ވަގުތު ހޭދަކޮށްލެވޭނެ ފަދަ ޕިކްނިކް ރަށެއް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވައިދެއްވަމުންނެވެ. މާލީ ވަޒީރު ވިދާޅުވީ، ދިވެހިންގެ މެދުގައި ދުޅަހެޔޮ އަދި އެކުވެރި ބަދަހި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން އާއިލާތަކާއި ރަހުމަތްތެރިންނަށް އެކުގައި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމު ބޭނުމުގައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިހާތަނަށް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި މިފަދަ ހާއްސަ ޕިކްނިކް ރަށްތަކެއް ރަސްމީ އުސޫލުން ގާއިމުކުރެވިފައި ނެތް ނަމަވެސް، ސަރުކާރުގެ މި ނިންމުމާއެކު އަތޮޅުތަކުގެ ރައްޔިތުންނަށާއި އަދި އެ ސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އާއިލާއާއެކު ހިތްއުފާކޮށްލަން ދެވޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިގްތިސާދީ ކަންކަމުގެ ތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ހިޔާވަހިކަމާއި ޖަމާއަތުގެ ފަސޭހަތަކާ ގުޅުންހުރި ކަންކަމަށް 948.7 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް

‏މީގެ އިތުރުން އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5،000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާން ކަމުގައި ސޯލިހް ވިދާޅުވި އެވެ.

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް
29 Oct 2026 ހަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

 ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
29 Oct 2026 ހަބަރު

ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގިރް މިއާ، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު
29 Oct 2026 ހަބަރު

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
29 Oct 2026 ހަބަރު

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު

މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި
29 Oct 2026 ހަބަރު

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި

ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.