ޖަހަންޖިރް
ޖަހަންޖިރް
ހަބަރު 29 Oct 2026 | 09:16

ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގިރް މިއާ، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ އަހަރު، ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު މެންދުރު 12:15 އާއި 12:45 އާ ދެމެދުގެ ވަގުތެއްގައި، ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ އޯ.ސީ.ސީ ފިހާރައަށް ގޮސް، އެ ފިހާރައިގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ޗަންދްރިކާ ލިމްބޫގެ ކަރަށް، ޖަހަންގިރް ވަނީ ވަޅިއަކުން ހަމަލާދީފައެވެ.

މި ހާދިސާއަށްފަހު ފިލައިގެން އުޅުނު ޖަހަންގިރް ފުލުހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އުޅެނިކޮށެވެ. އޭނާ ހޯދައި ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖުތަކާއި ފުލުހުންނަށް ލިބުނު އެހެނިހެން މައުލޫމާތުތަކުގެ އަލީގައެވެ. އަދި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލާގައި ޖަހަންގިރި މިއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުރގެ ދަށުންނެވެ.

ކޯޓުން މި މައްސަލާގައި ޖަހަންގިރްގެ މައްޗަށް އަދަބެއްގެ ގޮތުގައި ކަނޑައެޅީ 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ނަމަވެސް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒު ކުރަންޖެހޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ހުކުމަކާއެކު، 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
29 Oct 2026 ހަބަރު

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު
29 Oct 2026 ހަބަރު

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
29 Oct 2026 ހަބަރު

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު

މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި
29 Oct 2026 ހަބަރު

ދަށު ކޯޓުގެ ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ކުށްވެރިއެއް ނޫން ކަމަށް ހައިކޯޓުން ޙުކުމް ކޮށްފި

ދިވެހިރާއްޖެއަށް ސިއްރުން ރަން އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
29 Oct 2026 ހަބަރު

ހުޅުމާލޭގައި ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފުރިހަމަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކެންސަރުގެ ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް )ޑީސީއޯއެސް( ހުޅުމާލޭގައި ޤާއިމުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް )އެމްސީޖީއެޗް( އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި
29 Oct 2026 ހަބަރު

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް މޫސާ އަލީ ޖަލީލް އައްޔަންކުރައްވައިފި

އެ މަގާމަށް މޫސާ އަލީ ޖަލީލް އިއްޔެ އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވަނީ ”ވޮއިސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.