ރައީސް ސޯލިހް
ރައީސް ސޯލިހް
ހަބަރު 29 Oct 2026 | 10:20

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސޯލިހް

ރަސްމާލެ މަޝްރޫއުން އިންތިހާ ފައިދާ އޮތީ އީގަލް ހިލްސްއަށް، އެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ވިޔަފާރީގައި ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ރަނގަޅު ވިޔަފާރި މުޢާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެ އެވެ.

‏ރަސްމާލޭން 500 ހެކްޓަރު ބިން ހިލޭ، އީގަލް ހިލްސަށް ދާއިމަށް ދިނުމުގައި އެފަދަ ފައިދާއެއް ރާއްޖެއަށް ލިބޭ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވި އެވެ.

‏"އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސްއަށް. ރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ ފައިދާ ލިބޭތަނެއް ނުފެނޭ،" ވެރިކަމުގައި ހުންނަވާ ނޫނު އަތޮޅުން ބޮޑު ބަޔަކާއި ވާވު އަތޮޅުން ވެސް ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ކުއްޔަށް ދެއްވި ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ 500 ހެކްޓަރު ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެނެވެ. ނަމަވެސް އެ ބިން އީގަލް ހިލްސްއަށް ދެނީ ހިލެ އެވެ. އަދި އެކަމުން ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތް ކަމުގައި ވިދާޅުވި އެވެ.

‏މީގެ އިތުރުން އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5,000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނާން ކަމުގައި ސޯލިހް ވިދާޅުވި އެވެ.

‏މީގެ އިތުރުން މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތުން މުސްތަޤުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ތަން ފެންނަ ކަމުގައިވެސް ވިދާޅުވި އެވެ.

‏"އަޅުގަނޑުގެ އިލްތިމާސަކީ މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމެވެ،" ރައީސް ސޯލިހްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް
29 Oct 2026 ހަބަރު

ތުޅާދޫ 100 ހައުސިން ޔުނިޓް: ލިބުނު ޕޮއިންޓް މިހާރު ބެލޭނެ، ޝަކުވާ ހުށައެޅުން ނޮވެންބަރު 16ގެ ނިޔަލަށް

ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް
29 Oct 2026 ހަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
29 Oct 2026 ހަބަރު

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

 ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި
29 Oct 2026 ހަބަރު

ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން ޖަހަންގިރް 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ހުޅުމާލޭގެ ފިހާރައެއްގެ ތެރޭގައި ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ ޖަހަންގިރް މިއާ، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު
29 Oct 2026 ހަބަރު

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
29 Oct 2026 ހަބަރު

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު

މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ