11 ރަށެއްގެ މަގު ހެދުމަށް 912 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
އެގާރަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް 912.15 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އަޅާނެ ކަމަށެވެ. އެގޮތުން ރ. އިންނަމާދޫގައި 2.60 ކިލޯ މީޓަރުގެ ހަތް މަގެއްގައި ތާރު އަޅާނެ އެވެ. އއ. ފެރިދޫގެ 2.11 ކިލޯ މީޓަރުގެ ތިން މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރާއިރު ބ. ކެންދޫގެ 2.23 ކިލޯމީޓަރުގެ ހަ މަގެއްގައި ސީޓީބީ އަކާއެކު ވެލި އެޅުމުގެ މަސައްކަތް ކުރާނެ އެވެ. އަދި އއ. މަތިވެރީގައި 2.35 ކިލޯމީޓަރުގެ 10 މަގެއްގައި ސީޓީބީ އަކާއެކު ވެލި އެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު ފ. ބިލެތްފަހީގައި 2.46 ކިލޯމީޓަރުގެ ހަތަރު މަގެއްގައި ތާރު އަޅާނެ އެވެ.

މީގެ އިތުރުން ރ. ރަސްގެތީމުގެ 2.12 ކިލޯމީޓަރުގެ ހަ މަގެއްގައި ތާރު އަޅާއިރު ބ. ދަރަވަންދޫގެ 2.55 ކިލޯމީޓަރުގެ ހަތަރު މަގެއްގަ އާއި މަގޫދޫގެ 2.11 ކިލޯމީޓަރުގެ ހަތަރު މަގެއްގަ އާއި ފީއަލީގެ 2.46 ކިލޯމީޓަރުގެ 10 މަގެއްގައި ތާރު އަޅާނެ އެވެ.
ށ. މާއުނގޫދޫގެ 3.25 ކިލޯ މީޓަރުގެ ހަތް މަގެއްގައި ތާރު އަޅައި ދިއްފުށީގެ 2.36 ކިލޯމީޓަރުގެ ފަސް މަގެއްގައި ސީޓީވީ އަކާއެކު ވެލިއެޅުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް