ރޭ ބޭއްވި އިދިކޮޅު ޖޮއިންޓް ސެނެޓްގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ރޭ ބޭއްވި އިދިކޮޅު ޖޮއިންޓް ސެނެޓްގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ހަބަރު 29 Dec 2022 | 06:12

"އަރާމުގައި ތިބެގެނެއް، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ނަތީޖާއެއް ނުނެރެވޭނެ"

އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި ތިބި ފަރާތްތައް އަރާމުގައި ތިބެގެނެއް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ރައީސް، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުޢިިއްޒު ވިދާޅުވީ، ރައީސް ޔާމީނާއި ދެކޮޅަށް ކޮށްފައިވާ "ހަރާމް" ހުކުމާއި ދެކޮޅަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅެމުންދާ ދިވެހިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.އަދި

އަދި ވަކިން ޚާއްސަކޮށް އެ މަސައްކަތުގައި އިދިކޮޅުގެ އިސް ލީޑަރުންނާއި ސެނެޓުގެ މެންބަރުން ނަމޫނާ ދައްކަވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަރާމުގައި، ފިނި ކޮޓަރީގައި، ނޫނީއްޔާ އަޅުގަނޑުމެންގެ އަމިއްލަ ގޭގައި ތިބެގެންނެއް އަޅުގަނޑުމެން ރައީސް ޔާމީން މިނިވަން ކުރުމަށް މި ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެ. އެހެންވީމާ ޕާޓީގެ ފަރާތުން މިއެދޭ ހުރިހާ ވަގުތު ތަކެއްގައި، ހުރިހާ ކަމެއްގައި އަޅުގަނޑުމެން އެބަޖެހޭ ބައިވެރި ވާން. އެއީ އަޅުގަނޑުމެން ނަށް މިވަގުތު ކޮންމެހެން ލާޒިމް ކަމެއް. އެހެންވީމާ އަޅުގަނޑު އެދެން، އެންމެ ފުރަތަމަ ސެނެޓަރުންނާއި، ދާއިރާ ރައީސުންނާއި، އެކިއެކި މަގާމް ތަކަށް ޕާޓީގެ އިންތިހާބު ވެފައި ތިބި ހުރިހާ ބޭފުޅުން، އެއްވެސް ބޭފުޅަކު މީގައި އިސްތިސްނާ ނުވާ ގޮތައް އަޅުގަނޑުމެން މި ކުރިއަށް ގެންދާ ހުރިހާ ކަމެއްގައި ފުރަތަމަ މިސާލު ދައްކަވައިގެން އަޅުގަނޑުމެން ބައިވެރިވާން." މުޢިިއްޒު ވިދާޅުވިއެވެ.

ނީގެ އިތުރުން، ރައީސް ޔާމީން އަށް ނުހައްގުން ކޮށްފައިވާ ހަރާމް ހުކުމުގެ ސަބަބުން، އެމަނިކުފާނު ގިނިކަންޏާ ޖަލުގައި އޮންނަ އޮތުން އެއްގޮތަކަށްވެސް ބަލައިގަނެވިގެން ނުވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ޖަލުގައި ވަނިކޮށް، އިދިކޮޅު ކޯލިޝަނުން އަރާމުގައި ގޭގައި ތިބެގެން ނުވާނެ ކަމަށެވެ.

އެހެންކަމުން އެއްވެސް ބޭފުޅަކު އިސްތިސްނާ ނުވާ ގޮތައް ހުރިހާ ބޭފުޅުން ވެސް، ކޮންމެ ދުވަހަކު ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ފަށާފައިވާ މަސައްކަތުގައި ބައިވެރިވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.