ޓެކްސީ ބޯޑުން ފީ ކަނޑާލުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަފްތާގަައި ދަތުރުފަތުރުގެ ދާއިރާއިން ކުރުމަށް ހަމަޖެހުނު، ޓެކްސީ ބޯޑުގެ ފީ ކަނޑާލުމާއި ބެހޭ މަޝްވަރާތައް ކޮށްފިއެވެ.
މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިއަށްދިޔަ މި މަޝްވަރާތައް ކުރިއަށްގެންދިޔައީ، މިނިސްޓަރ އައިޝަތު ނަހުލާގެ ބެއްލެވުމުގެ ދަށުންނެވެ. މި މަޝްވަރާތަކުގައި، ދަތުރުފަތުރުގެ ދާއިރާއިން ފުރަތަމަ ހަފްތާގައި ކުރުމަށް ރޭވުނު ކަންތައްތައް ކަމުގައިވާ ޓެކްސީީ ބޯޑުގެ ފީ ކަނޑާލުމާއި، ޕާކުކޮށް ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނެގުމުގެ އިތުރުން މާލޭގެ ފަޅުތެރެ އާންމުންނަށް ލުއިފަސޭހަ ކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަޝްވަރާ ތަކުގައި މިނިސްޓްރީގެ އިސްވެެރިންނާއި، ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރައީސް އިބްރާހިމްގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު، ދަތުރުފަތުރުގެ ދާއިރާއިން ގިނަ ކަންތައްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް