ހިޔާއިން ވެއްޓުނު މީހާ މަރުވެއްޖެ، 33 އަހަރުގެ ދިވެއްސެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހިޔާގެ ޓަވަރަކުން ވެއްޓުނު މީހާ މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 8:32 ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މީހާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މީހާ ވެއްޓުނީ ކިހިނެތް ވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި ވެއްޓުނީ ކިތައް ވަނަ ފްލޯއިން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުން އެ މީހާ ވެއްޓުނީ 14 ވަނަ ފްލޯއިންނެވެ. އެ މީހާ ވެއްޓިފައި އޮއްވާ ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. ވެއްޓި ޖެހުނީ ބަނޑުއަތަށެވެ. ގިނަ އަދަދަކަށް ލޭ ފައިބާފައި ހުއްޓާ ފެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް