ފޭކް ޓިކެޓް މައްސަލައިގައި ސަމްހާ އިންޓަނޭޝަނަލްގެ ވެރިޔާ ހައްޔަރު ކޮއްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިއްޔެ މެންދުރު އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމަރާއަށް ދާން ފުރަންއުޅުނު 48 ފަރާތަކަށް ފޭކް ޓިކެޓްތައް ދޫކުރި މައްސަލައިގައި ޓިކެޓް ދޫކުރި ކުންފުނި ކަމަށްވާ ސަމްހާ އިންޓަނޭޝަނަލްގެ ވެރިޔާ ކ. ގުޅި ރޯޒްމީޑް، ހަސަން ނިޝާން ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހަސަން ނިޝާން ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު ސްރީލަންކާ އަށް ފުރަން މަސައްކަތް ކުރަނިކޮށް އައްޑޫ އިން ކަމަށްވެއެވެ.
ފޭކް ޓިކެޓްގެ މައްސަލަ ފެންމަތި ވެފައިވަނީ އިއްޔެ އުމަރާއަށް ފުރުމަށް އެފަރާތްތަކުން ޗެކިން ކައުންޓަރަށް ދިއުމުންނެވެ.
ސަމްހާ އިންޓަނޭޝަނަލް ކުންފުނިން ސްރީލަންކަން އެއަލައިން އިން ޓިކެޓް ބުކް ކުރިނަމަވެސް އެއެއަރލައިން އަށް ޓިކެޓަށްވާ ފައިސާ ދައްކާފައިނުވާކަމަށް އެއަރލައިން އިން މައުލޫމަތު ދެއްވައެވެ.
އަސްކޮއި ހައްޖު އުމްރާ ގުރޫޕުން ބުނާ ގޮތުގައި ޓިކެޓް މައްސަލަޖެހިގެން އިއްޔެ ނުފުރު އެންމެހާ ބޭއްފުޅުންނަށް މިހަފަތާ ތެރޭގައި ފުރޭނެގޮތް ހެދޭތޯދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް