ކުށްވެރިންނަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އުވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް ކުށްވެރިންނަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާާނޫނު އުވާލައިފިއެވެ.
ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދު ހާސިލްނުވާތީ އެގާނޫނު އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ގާނޫނު އުވާލާފައިވަނީ ކުޑަކުއްޖަކާއި އެކު ބަދުއަޚުލާގީ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ އެމްޑީޕީގެ މެންބަރެއްކަމުގައިވާ އިބްރާހިމް ރަޝީދު (ހޯރައިއްބެ)ގެ ޖަލުހުކުމް މައާފުކޮށްދިންތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ.
އުވާލެވިގެންދިޔަ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި ކުށްވެރިންގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް