މިނިމަމް ވޭޖް ގޮތުގައި 5000 ރުފިޔާ ކަނޑައެޅުމަށް އަނާރާ ގޮވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިނިމަމް ވޭޖް ނުވަތަ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ އަދަދަކަށް 5،000 ރުފިޔާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ ސަރުކާރުން ދެއްވާ އެލަވަންސްތަކަށްވުރެވެސް ދަށް އަދަދެއް މުސާރައިިގެ ގޮތުގައި ލިބިދޭ މަސައްކަތު މީހުން އުޅޭކަމަށެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން އަނާރާ ވިދާޅުވީ މުސާރައިގެ ގޮތުގައި ބައެއް ފަރާތްތަކަށް 3000 ރުފިޔާ ލިބޭއިރު ސަރުކާރުންދެއްވާ އެލަވަންސްތައް އެޔައްވުރެ ބޮޑުކަމުގައެވެ.
މިނިމަމް ވޭޖްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިހާރު ލިބޭ ފައިސާ އަކީ އެކަށީގެންވާ އަަދަދެއް ނޫން ކަމަށާއި އެލަވެންސް ބޮޑު ކުރަން ޖެހޭ ކަމަށްވެސް އަނާރާ ފާހަގަ ކުރެއްވިއެވެ.
އަނާރާ މިހެން ވިދާޅުވެފައި ވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންގެ އެލަވެންސް ބޮޑުކުރުމަށް ބިލެއް ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް