ފިރިހެނުންނަށް ރަހުމަތްތެރިކަން މާ މުހިންމު: ދިރާސާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގިނަ ފިރިހެނުންނަށް، ލޯބިވެރިންނާއި އެކު ބާއްވާ ގުުޅުމަށްވުރެ ގާތް ރަހުމަތްތެރިންނާއި އެކު ބާއްވާ ރައްޓެހިކަން މާ މުހިންމުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މެން އެންޑް މެސްކިއުލިނިޓީސް ޖާރނަލް އިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ބްރޯމޭންސްއަކުން ފިރިހެނަކަށް ލިބޭ އުފާވެރި އިހުސާސްތަކަކީ، ޒަވާޖީ ގުޅުމަކުން ލިބޭ އުފަލަށްވުރެ ބޮޑު އިހުސާސެކެވެ.
ނަމަވެސް މިފަދަ ރަހުމަތްތެރިކަން މާ ބޮޑުވެއްޖެނަމަ، އޭގެ ސަބަބުން ދޭދޭ ޒަވާޖީ ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށްވެސް އެ ދިރާސާގައި ވަނީ ބުނެފައެވެ. ފިރިހެނުންގެ ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމަކީ ޒަމާނުއްސުރެ އޮންނަކަމެއް ކަމުގައި މި ދިރާސާއިން ވަނީ ދައްކާފައެވެ. ނަމަވެސް ޒަމާނަށްއައި ބަދަލުތަކާއިއެކު މިކަން ގެއްލުނުކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ބްރޯމޭންސްގެ ވާހަކަތަކަކީ ފަހަކަށް އައިސް ސިޔާސީ ފަރާތްތަކާއި، ޓީވީ ފަންނާނުންގެ މެދުގައިވެސް މަގުބޫލު ވާހަކައެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް