ވެރިކަމަށް ކުރިމަތިލެވޭ މަތީ އުމުރު އުވާލުމުގެ ބަހުސް ފަށައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމުގެ އިސްލާހުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފަށައިފިއެވެ.
ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު ހުށައެޅުއްވި މި އިސްލާހަށް މިއަދު ހެނދުނުން ފެށިގެން ދަނީ ބަހުސްކުރަމުންނެވެ.
މި އިސްލާހު ހުށައަޅުއްވަމުން އާރިފް ވިދާޅުވީ އޭރު 65 އަހަރުން މަތީގެ ފަރާތްތަކަށް ވެރިކަމަށް ކުރިމަތިނުލެވޭގޮތަށް އޮތީ ކަންކަން އޮތްގޮތުން ކަމަށާއި، މިހާރު މި އިސްލާހު ހުށައަޅަނީ ކަންކަން ބަދަލުވެ، ދުނިޔޭގެ އެއްވެސް ގައުމެއްގައި އެފަދަ ގާނޫނެއް ނޯންނާތީކަމަށެވެ.
މި ބިލަށް ވާހަކަދައްކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންވަނީ މިއީ، އަވަސް އަރުވާލައިގެން ފާސްކުރަން ނުޖެހޭ ބިލެއްކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓުގެ މަސައްކަތަކީ މި ދަނޑިވަޅުގައި މާ މުހިންމު ކަމެއްގެ ގޮތުގައިވެސް އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.
މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ރައީސުލްޖުމްހޫރިއްޔާކަމަށް އައުމަށް ދޭ ފުރުސަތެއްކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް