ހެންވޭރުގެ ގެއެއްގައި ރޯވި އަލިފާންގަނޑެއް ނިއްވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހެންވޭރުގެ ގެއެއްގައި ރޯވި އަލިފާންގަނޑެއް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަރާތުން ނިއްވާލައިފިއެވެ.
މި އަލިފާންގަނޑު ރޯވެފައިވަނީ ހ.ނީޓްވިލާ ނަމަކަށް ކިޔާ ގޭގެ ފުރަތަމަ ފަންގިފިލާގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގަައި އަލިފާންގަނޑު ރޯވެފައިވަނީ ގޭސްފުޅިއެއް ލީކްވެގެންނެވެ. މި އަލިފާންގަނޑު ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:32ގައިކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ފަރާތުން އެގެއަށް ގޮސް އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފްއިން މަައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް