އަހަރެއްގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: ރައީސް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ.ގެމަނަފުށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، މިފްކޯއަކީ ފައިދާއާ އެކު ހިނގާ ކުންފުންޏަކަށް ބަދަލުކުރުންކަމަށާއި އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިފްކޯއަކީ ފައިދާވާ ކުންފުންޏެއް ކަމުގައި ހެދޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާވަމުން އަންނަ ވަރަށް، މަސްވެރިކަމުގެ ބާޒާރު ތަނަވަސްނުވުމުގެ ޝަކުވާކަމަށެވެ. މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރަކީ މަސްވެރިކަމާއި ކަނޑުގެ ވެއްޓާ ނުހަނު ގުޅިލާމެހިފައިވާ ތަސައްވުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ މަސް ކުންފުނިތަކުން، މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި، 68 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އިއްޔެ ދޫކޮށްފައިވާކަމަށާއި، ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް