ޭެމެންބަރު ޝާހު އަދި ހުސައިން މަނިކު ޖޭޕީއަށް ސޮއިކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު، އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
ޝާހު އަދި ހުސައިން މަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވަނީ މިރޭ، އެޕާޓީގެ މައި ޖަގަހަކަމަށްވާ ކުނޫޒުގައި ބޭއްވި ހަފްލާއެއްގައެވެ. މި ދެ މެންބަރުންގެ ފޯމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގަންނަވާފައިވަނީ، އެޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމްއެވެ.
ޝާހުއަކީ މީގެ ކުރިން ޕީޕީއެމްގައި ހުންނެވި މެންބަރެކެވެ. ނަމަވެސް އެބޭފުޅާއަށް އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމަށްފަހު އަލުން އިއާދަވަންދެން ހުންނެވީ އިދިކޮޅު ހަރަކާތުގެ މެންބަރެއްގެ ގޮތުގައެވެ. އިދިކޮޅު ހަރަކާތުގެ މެންބަރެއްގެ ގޮތުގައި ޝާހު ހުންނެވީ ކުރީގެ ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމެންޓްގެ މެންބަރެއްގެ ގޮތުގައެވެ.
ތ.ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކް ދޮންމަނިކަކީ، މިހާތަނަށް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.
މެންބަރުން ސޮއިކުރުމުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް