ވ.ބޮޑު މޮހޮރާއިން މަސްތުވާތަކެތީގު މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ވ.ބޮޑޮ މޮހޮރާގައި ބަނގުރާގެންގުޅެ ވިއްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑޮރަގް އެންފޫސްމެންޓާއި ވ.އަތޮޅު ފުލުހުންނާގުލިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ފައިވަނީ ކ.މާލެ، މ.ލަކްސްގާޑެން، އަހަމަދު އަޝްރަފް (43އ). ގދ.ތިނަދޫ،ބްލޫހެވަންގެ،އަމްޖަދު މުހައްމަދު (50އ). އަދި މީގެ އިތުރުން ސްތީލަންގެ ރައްޔިތެއްކަމުގައިވާ ނަލިން އިންޑިކާރަ (53އ) އެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ރަށް ބަލާ ފާސް ކުރިއިރު، އެރަށުން 24 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް