އިންޑިޔާގެ އެންމެ ދިގު ރެއިލްރޯޑް ބްރިޖްގައި ޓެންކަރުތައްވެސް ދުއްވޭނެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާއިން އެގައުމުގެ އައްސާމް ސްޓޭޓްގައި ހުޅުވި އެގައުމުގެ އެންމެ ދިގު ރެއިލްރޯޑް ބްރިޖްކަމުގައިވާ ބޮގިބީލް ބްރިޖްގައި ސިފައިިންގެ ޓޭންކަރުތައްވެސް ދުއްވޭނެކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުޅުއްވައިދެއްވި މި ބްރިޖަކީ ދިގުމިނުގައި 4.9 ކިލޯމީޓަރ ހުރި ބްރިޖެކެވެ.
ބްރަންމަޕުތްރަ ކޯރު ހުރަސްކޮށް އަޅާފައިވާ މި ބްރިޖަކީ އެތައް އަހަރުތަކެއްގެ މަސައްކަތާއި 800މިލިޔަން ޑޮލަރުގެ ހޭދައަކާއި އެކު އަޅާފަައިވާ ބްރިޖެކެވެ.
މިއީ އިންޑިޔާގެ އައްސާމް ސްޓޭޓްގެ އަވަށްތަކުގެ މެދުގައި ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމް ގާއިމްކޮށް، އައްސާމްގެ ހޫނުވެގެންދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގްސަދުގައި އެޅުނު ބްރިޖެކެވެ.
މި ރެއިލްރޯޑް ބްރިޖަކީ އިންޑިޔާ އަސްކަރިއްޔާގެ ޓޭންކަރުތަކާއި ފައިޓަރ ޖެޓްތައްވެސް ޖެއްސޭނެހާ ވަރުގަދަކޮށް ހަދާފައިވާ ބްރިޖެކެވެ. މި ބްރިޖަކީ ޗައިނާ ބޯޑަރ ކައިރީގައިވާ ބްރިޖެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް