އިރާންގެ ރައީސް އިބްރާހިމް ރައީސީ އަދި އަޒަރްބައިޖާންގެ ރައީސް އިލްހަމް އަލިޔެވް
އިރާންގެ ރައީސް އިބްރާހިމް ރައީސީ އަދި އަޒަރްބައިޖާންގެ ރައީސް އިލްހަމް އަލިޔެވް
ދުނިޔެ 30 Jan 2023 | 11:13

އެމްބަސީގައި ދިން ހަމަލާއަކީ ދެޤައުމުގެ ގުޅުމަށް ބުރޫ އަރަންޖެހޭ ކަމެއް ނޫން: އިރާން

އިރާންގެ ތެހެރާންގައި ހުންނަ އަޒަރުބައިޖާންގެ އެމްބަސީގައި ދިން ހަމަލާއަކީ ދެ ޤައުމުގެ ގުޅުމަށް ބުރުއަރަންޖެހޭ ކަމެއް ނޫން ކަމަށް އިރާނުން ބުނެފިއެވެ.

ތެހެރާންގައި ހުންނަ އަޒަރުބައިޖާންގެ އެމްބަސީގެ ތެރެއަށް ރައިފަލްއެއް ހިފައިގެން ވަދެ ދިން ހަމަލާގައި އެ އެމްބަސީގެ ހެޑް އޮފް ސެކިޔުރިޓީ ވަނީ މަރުވެފައެވެ. އަދި އެ އެމްބަސީގެ ދެ ގާޑެއްވެސް ވަނީ މި ހަމަލާގައި މަރުވެފައެވެ. މި ހަމަލާދީފައިވަނީ ހުކުރުދުވަހުއެވެ.

އިރާންގެ ރައީސް އިބްރާހިމް ރައީސީ އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔެވް އަށް ފޯނުން ގުޅައި ދެއްކެވި ވާހަކަފުޅުގައި ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި މި ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ދެނެގަތުމަށް މައްސަލަ ތަހުޤީޤް ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މި ހަމަލާގެ ސަބަބުން މި ދެޤައުމަށް ހެޔެނޭދޭ ބައެއްގެ އެދުމާއި އެއްގޮތަށް، ދެ ޤައުމުގެ ދެމެދުގައި ޤާއިމްވެފައި އޮތް ގުޅުމަށް ހީނަރުކަން އައިސްގެން ނުވާނެ" ރައީސީ ގެ އޮފިޝަލް ވެބްސައިޓްގައި ވެއެވެ.

"މިއީ ބަލައިގަނެވޭ އަދި ޤަބޫލްނުކުރެވޭ ފަދަ ކުށެއް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް ގެންދަންވާނީ މިފަދަ ކަންތައްތަކުގެ ސަބަބުން އެހެން ފަރާތްތަކަށް ދެ ޤައުމުގެ ގުޅުމުގެ ތެރެއަށް ނުވަދެވޭނެ ފަދައިން" އަޒަރުބައިޖާންގެ ރައީސް އިލްހަމް ވިދާޅުވެފައިވެއެވެ.

ހަމަލާދިން ވަގުތުގެ ސީސީޓީވީ ފުޓޭޖްތަކުން ދައްކާގޮތުން ހަމަލާދިން މީހާ ބާރު ދުވެލީގައި ކާރެއްގައި އައިސް އެމްބަސީ ކުރިމަތީގައި ޕާކު ކޮށްފައި އޮތް ވެހިކަލްއެއްގައި ޖައްސައެވެ. އަދި ކާރުން ފައިބައި ރައިފަލް ހިފައިގެން އެމްބަސީގެ ތެރެއަށް ވަންނަން އުޅުމުން އެނޭ ހިފެހެއްޓި ހެޑް އޮފް ސެކިޔުރިޓީ އަށް ހަމަލާ ދެއެވެ. އަދި އެއަށް ފަހު ދެ ގާޑުންނަށް ވެސް ހަމަލާ ދޭ ތަން ފެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.