ބަލި ހާލަތު ބޮޑުވެފައިވާ ޖޭއެމްސީގެ މަސައްކަތްތެރިއެއް/ ފޮޓޯ: ވޮއިސް
ބަލި ހާލަތު ބޮޑުވެފައިވާ ޖޭއެމްސީގެ މަސައްކަތްތެރިއެއް/ ފޮޓޯ: ވޮއިސް
ހަބަރު 30 Mar 2023 | 07:03

ބަލިވުމުން ބޭސްފަރުވާކޮށެއް ނުދޭ، ދައްކަނީ ބިރު: އިންޑިއާ މަސައްކަތްތެރިން!

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިޔަކު ބަލިވިޔަސް ބޭސް ފަރުވާކޮށް ނުދޭ ކަމަށާއި، ބަދަލުގައި ދައްކަނީ ބިރުކަމަށް އެމީހުން ބުނެފި އެވެ.

އިންޑިއާގެ ޖޭއެމްސީ މަސައްކަތްތެރިންނަށް މުސާރަ ނުދީ ގިނަ ދުވަސްވުމާއި ގުޅިގެން މަސައްކަތް ހުއްޓާލާ އެމީހުން ހަޅުތާލުކުރަން ފަށާފައިވާއިރު، އެމީހުން ވަނީ ޖޭއެމްސީއިން މަސައްކަތްތެރިން ގެންގުޅޭ ނިކަމެތި ހާލު "ވޮއިސް" ޓީމާއި ހިއްސާކޮށްފަ އެވެ.

އެމީހުން ބުނިގޮތުގައި އެމީހުންނަށް ތިން އިރަށް ކާން ހުންނަނީ ދަބަރުފެންހެން ހުންނަ ރިހަގަނޑެކެވެ. އެއިން ރަހައަކުން ކުރެ ރަހައެއް ނުލާއިރު، އަނގަޔަށްލާން ވެސް ނުކެރޭކަމަށް އެމީހުން ކިޔައިދިނެވެ. އޭގެ އިތުރުން އެމީހުން ކާން ގެންނަ މަސް ހުންނަނީ ގިނަ ދުވަސްވުމުގެ ސަބަބުން ފުސް ޖަހާ ހަލާކުވެފައި ކަމަށާއި، ތަކުރާރީއާއި ބިސް ވެސް ހުންނަނީ ހަލާލުވެފައިކަމަށް އެމީހުން ކިޔައިދިނެވެ.

އެމީހުން އުޅޭ ސަރަހައްގޮސް ބެލިބެލުމުން އެ ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަން "ވޮއިސް" ޓީމަށް ވަނީ ކަށަވަރުކުރެވިފައެވެ.

ޖޭއެމްސީގެ މަސައްކަތްތެރިން ކެއްކުމުގައި/ ފޮޓޯ: ވޮއިސް 

އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މަސައްކަތްތެރިންނަށް ކާންދެނީ ހަލާކުވެފައި ހުންނަ އެއްޗިހިކަން ވޮއިސް ޓީމަށްވެސް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެމީހުން ކިޔައިދިން ގޮތަށް ކާން ގެނެސްފައި ހުރި މަހުގައި ފުސްޖަހާ ހަލާކުވެފައިވާއިރު، ބިހާއި ތަރުކާރީ ވެސް ވަނީ ބޭނުންކުރަން އެކަށީގެންނުވާވަރަށް ހަލާކުވެފަ އެވެ.

މަހާއި ކުކުޅު ރައްކާކޮށްފައިވާ މަހާއި ކުކުޅު މަހުގެ ހަލަތު ވޮއިސް ޓީމުން ބެލިއިރު އެ ރައްކާކޮށްފައިވަނީވެސް އެކަށީގެންވާ ފިނި މިނެެއްގައި ނޫންކަން ފާހަގަކުރެވުނެވެ. އަދި އޭގެ ސަބަބުން މަސްތައް ހަކާކުވެފައި ވާކަން ފާހަގަކުރެވުނެވެ.

މުވަޒަފުން ކެއުމަށް ބޭނުންކުރާ ބިހުގެ ކޮބޮޅި, އެތައް ދުވަހެއް ފުރިޖުކޮށް ހަލާކުވެފައި---ފޮޓޯ: ވޮއިސް

އެމީހުން ކިޔައިދިން ގޮތުގައި ހަލާކުވެފައި ހުންނަ އެއްޗިހި ކާން ޖެހޭތީ ކާނާ ވިހަވުމުގެ ސަބަބުން މުވައްޒަފުން ވަރަށް އަވަސް އަވަހަށް ބަލިވެއެވެ.

އެހެން ނަމަވެސް ބަލިވެގެން ޑޮކްޓަރަށް ދައްކާން އެދުނަސް، ބޭސްފަރުވާކޮށް ނުދޭކަމަށާއި، ބަދަލުގައި ދެނީ އިންޒާރުކަމަށް އެމީހުން ކިޔައިދިނެވެ.

އެމީހުން ބުނީ ބޭސްފަރުވާކޮށް ނުދޭތާ މުސާރަކޮޅުވެސް ނުދޭތީ އެމީހުންނަށް ފަރުވާ ހޯދޭނެ އެއްވެސް ގޮތެއް ނޯންނަކަމަށެވެ. ބަލިވެގެން މަސައްކަތަށް ނުދާނަމަ ދޭ މުސާރަކޮޅުން ވެސް ކަނޑާނެ ކަމުގެ އިންޒާރުތައް ދޭއިރު، ބަލިވިޔަސް މަސައްކަތަށް ނުކުންނަ މީހުން ތިބޭކަމަށް އެ މުވައްޒަފުން ކިޔައިދިނެވެ.

ޖޭއެމްސީގެ މަސައްކަތްތެރިން އެކޮމޮޑޭޝަން ބްލޮކުގައި/ ފޮޓޯ: ވޮއިސް 

އެމީހުން ބުނީ އެންމެ ހިތްދަތިވަނީ މުސާރަ ނުދީ ގިނަ ދުވަސްވާތީ ކަމަށެވެ. ޖޭއެމްސީން އެމީހުންނަށް ދޭ މުސާރައަށް އެމީހުންގެ އާއިލާތައް ބަރޯސާވާއިރު، އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާނެ އެންމެ ރުފިޔާއެއް ވެސް އަތުގައި ނެތި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ވަރަށް ބޮޑަށް ދަތިވާ ކަމެއްކަން އެމީހުން ފާހަގަކުރިއެވެ.

ތަކުރާރުކޮށް އެ ކަންބޮޑުވުންތައް ކުންފުނީގެ މެނޭޖުމަންޓާއި ހިއްސާކުރެވިފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ޙައްލެއް ހޯދާދީފައި ނުވާކަމަށް އެމީހުން ބުންޏެވެ. އަދި މިހާރު އެ މަސައްކަތްތެރިން ތިބީ ގޮތް ހުސްވެފައިކަމަށާއި، އެކަމުގައި އެހީތެރިވެދޭނެ އެއްވެސް ފަރާތެއް ނެތްކަމަށް އެމީހުން ވަރަށް އަސަރާއެކު ކިޔައިދިނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.