ބުއިމަށް ބޭނުންކުރާ ފެން/ ފޮޓޯ: ވޮއިސް
ބުއިމަށް ބޭނުންކުރާ ފެން/ ފޮޓޯ: ވޮއިސް
ހަބަރު 30 Mar 2023 | 08:50

ބޯން ހުރީ ދަބަރުފެން: އިންޑިއާ މަސައްކަތްތެރިން!

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިންނަށް ބޯން ހުންނަނީ ދަބަރުފެންކަމަށް އެމީހުން ބުނެފިއެވެ.

އިންޑިއާގެ ޖޭއެމްސީގެ މަސައްކަތްތެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން އެމީހުން ވަނީ މަސައްކަތް ހުއްޓާލާ ހަޅުތާލުކުރަން ފަށައިފައެވެ.

މުސާރަ ނުދޭތީ 3 ދުވަސް ވަންދެން ހަޅުތާލުކުރިއިރުވެސް ކުންފުނިން މަސައްކަތްތެރިންގެ ޑިމާންޑުތައް ފުއްދާދީފައި ނުވާތީ އެ މައްސަލަތައް ޙައްލުކޮށްދިނުމަށް އިންޑިއާ އެމްބަސީގެ އެހީތެރިކަން ހޯދުމަށްވެސް އެމީހުން ވަނީ މަސައްކަތްކޮށްފަ އެވެ.

އެހެން ނަމަވެސް މުސާރަނުދީގެން ދިޔަ ޖޭއެމްސީގެ މުވައްޒަފުންނާއި އެމްބަސެޑަރު ބައްދަލުކުރައްވާފައި ނުވާއިރު، މަސައްކަތްތެރިން އިއްޔެ ވަނީ އިންޑިއާ އެމްބަސީ ކުރިމަތީވެސް މުޒާހަރާކޮށްފަ އެވެ.

އެފަހުން ޖޭއެމްސީގެ މަސައްކަތެރިން އުޅެމުން އަންނަ ނިކަމެތި ޙާލު އެމީހުން ވަނީ "ވޮއިސް" ޓީމާއި ހިއްސާކޮށްފަ އެވެ.

އެގޮތުން ޖޭއެމްސީގެ މުވަޒަފުން ފެންބުއިމަށް ބޭނުންކުރާ ތާނގީތައް ދައްކާލާފައިވެއެވެ. ފެން އިންތިހާއަށް ނުތާހިރުވެފައިވާއިރު، ފެނުގައި ދަބަރުގެ އަސަރު ހުއްޓެވެ.

މިފެން ބުއިމާއި، ހަލާކުވެފަވެ ކުނިވެފައިވާ މަހާއި ތަރުކާރީން ކެއުމުގެ ސަބަބުން ގިނަ މުވަޒަފުންތަކެއް ކާނާ ވިހަވާކަމަށް މުވަޒަފުން ވޮއިސްއަށް ކިޔާދީފައިވެއެވެ.

ސިއްހީފަރުވާ ނުދެވި ޖޭއެމްސީގެ މުވަޒަފެއް---ފޮޓޯ: ވޮއިސް

އެގޮތުން ވޮއިސްގެ ޓީމު ޒިޔާރަތްކުރި ވަގުތުވެސް ބަލި ބޮޑުވެފައިވާ މުވަޒަފުން ފެނިފައިވެއެވެ.

ބަލިވުމުން ޑޮކްޓަރަށް ދެއްކުމުން މަހުރޫމުކުރުމުގެ އިތުރުން ބޭސްފަރުވާގެ ކަންކަން މުސާރަ ނުދޭތީ ނުކުރެވޭކަމަށް މުވަޒަފުން ކިޔާދީފައިވެއެވެ.

ޖޭއެމްސީގެ މަސައްކަތްތެރިންނަށް ކާންދޭން ހުރި ރިހަގަނޑު

ދުވާހަލު 8 ގަޑިއިރާއި 10 ގަޑިއިރާއި ދޭތެރޭ މަސައްކަތް ކުރުވާ ކަމަށާއި، ރޯދަމަހުވެސް އެމީހުންގެ މަސައްކަތަށް ލުއި ދީފައި ނުވާއިރު، ފައިދާ ހުރި އެއްޗެއް ކާން ނުލިބޭތާ އަނގަޔަށް ލާން ކެރޭ އެއްޗެއްވެސް ކާން ނުލިބޭކަމަށް އެ މަސައްކަތްތެރިން ވަނީ ކިޔައިދީފައެވެ.

އަދި ތަކުރާރުކޮށް ކުންފުނީގެ މެނޭޖުމަންޓުގެ ކައިރީގައި އެކަން ބަދަލުކޮށް މަސައްކަތްތެރިންނަށް ރަނގަޅަށް ކާންދޭން ބުނުމުން އަޅާލާފައި ނުވާކަމަށް މަސައްކަތްތެރިން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.