ސީރޔާގެ ވެރިކަން ކުރާ ދަމަސްކުސް
ސީރޔާގެ ވެރިކަން ކުރާ ދަމަސްކުސް
ދުނިޔެ 30 Mar 2023 | 17:30

އިޒްރާއިލުން ދިމިޝްޤަށް މިސައިލް ހަމަލާއެއް ދީފި

އިޒްރާއިލްގެ މިލިޓަރީ އިން ސީރިޔާގެ ދަމަސްކުސް އަށް މިސައިލް ހަމަލާއެއް ދީފިއެވެ.

އިޒްރާއިލްގެ މިލިޓަރީ އިން ދިން މިހަމަލާގައި ސީރިޔާގެ ސިފައިންގެ ދެ މީހަކު ވަނީ ޒަހަމްވެފައެވެ.

ރޭ ދަންވަރު 1:20 ހާއިރު ދިން މިހަމަލާތަކުގެ ސަބަބުން ސިރިޔާގެ ސިފައިންގެ ދެމީހަކު ޒަހަމްވުމުގެ އިތުރުން ބައެއް އިތުރު ގެއްލުންތައްވެސް ލިބިފައިވާކަމަށް ސީރިޔާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އިޒްރާއިލްގެ މިލިޓަރީ އިން ދަމަސްކަސްއަށް ފޮނުވާލި ބައެއް މިސައިލްތައް ސީރިޔާގެ ސިފައިން ވައްޓާލައިފައިވާ ކަމަށްވެސް ސީރިޔާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ސީރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ވެސް އިޒްރާއިލުން މިސައިލް ހަމަލާތައް ވަނީ ދީފައެވެ. އޭގެ ތެރޭގައި ފާއިތުވިމަހު ހަލަބް އެއަރޕޯޓަށް ދެފަހަރު މަތިން ދިން ހަމަލާތައް ފާހަގަ ކޮށްލަން ޖެހެއެވެ.

އިޒްރާއިލުން ހަލަބްގެ އެއަރޕޯޓަށް ހަމަލާދިން އިރު އެ އެއަރޕޯޓަކީ ފެބްރުއަރީ 6ގައި އައި ބިންހެލުންތަކުގައި ހާލުގައި ޖެހުނު ސީރިޔާގެ ނިކަމެތި ރައްޔިތުނަށް ބޭނުންތެރި އެހީތައް ފޯރުކޮށްދިނުމސް ހުޅުވިފައި އޮތް ދޮރޯއްޓެވެ.

އިޒްރާއިލްގެ މިލިޓަރީ އިން ދިން ހަމަލާތަކުގެ ސަބަބުން ހަލަބް އެއަރޕޯޓަށް އެހީ ހިފައިގެން ޖައްސަން ދިޔަ ބޯޓުތައް ޑައިވާޓް ކުރަން ޖެހުމުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދެވުނު ލެއް ވަރަށް ބޮޑަށް ލަސްވެގެން ވެސް ދިޔައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.