މާލޭ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ!
މާލޭ ގެއެއްގެ ތެރޭގަައި، ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހެންވޭރު ގެއެއްގެ ތެރޭގައި ޚަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު، މިއަދު 13:20 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާއިރު، އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނިޔާވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ, އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް