އީގަލްސްގެ ކެޕްޓަން ރިޒްވާން ގްރީން ސްޓްރީޓް އާއި ދެކޮޅަށް ކުޅެނީ
އީގަލްސްގެ ކެޕްޓަން ރިޒްވާން ގްރީން ސްޓްރީޓް އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު 30 Jul 2023 | 03:49

ގްރީން ސްޓްރީޓް ބަލިކޮށް، އީގަލްސް އިން މާޒިޔާ އާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި!

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިރޭ 6-1 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓް ބަލިކޮށް ކުލަބު އީގަލްސް އިން ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކަށް ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ގެންދިއުމަށް ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު ލީގުގެ ކުޅުން އަލުން މިއަދު ފެށިއިރު، މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ކުލަބު އީގަލްސް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ.

އެގޮތުން މެޗުގެ ފުރަތަަމަ ހާފުގައި އެޓީމުން ހަތަރު ލަނޑުގެ ލީޑެއް ނެގިއިރު، އެޓިމުގެ ފުރަތަަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އިވާން އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ މިޑްފިލްޑަރު އިސްމާއިލް އީސާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަަމަ ހާފުގައި އީގަލްސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު އިބްރާހިމް މަހުދީ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަހުމަދު ރިޒްވާން އެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ކުލަބު އީގަލްސް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރި އިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އިވާން އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ހަވަނަ ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބުރާހިމް މަހުދީ އެވެ.

މި މެޗުގައި ގްރީން ސްޓްރީޓް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ހާމިދުއެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-1 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ކުރީގައި އޮވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުލަބް އީގަލްސްގެ އިބްރާހިމް މަހުދީ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުލަބު އީގަލްސް ކުޅުނު ހަ މެޗުން އެޓީމަށް 16 ޕޮއިންޓް ލިބިފައިވާއިރު، މި ވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. އަދި މި މެޗުން ބަލިވި ގްރީން ސްޓްރީޓް ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
10 Oct 2026 ކުޅިވަރު

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު

ދިވެހިޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ބައްދަލުކުރިމެޗް ބޮޑު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
21 Sep 2026 ކުޅިވަރު

ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަ...

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
21 Sep 2026 ކުޅިވަރު

ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލް ކުޅުނު މެޗުން އެޓީމް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ލިވަޕޫޕް ނިކުތީ ބޯންމައުތާ ދެކޮޅަށެވެ. ބޯންމައުތުގެ ދަނޑުގައި ކ...