ޢުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ
ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާ އަށް ގޮސް އުޅުނު ދިވެހި އަންހެނަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވީ އަސްކޮއެ ޓްރެވެލް ސާވިސްގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅެނިކޮށް ހއ. ދިއްދޫ، ހިމާލިޔާ، ފާތިމަތު ޞަބިއްޔާ, 43, އެވެ.
ޞަބިއްޔާ ނިޔާވެފައިވަނީ އިއްޔެ 11:45 އެހާކަންހާއިރު މައްކާގެ ހުދައިބިއްޔާ އެއްބަސްވުން ގާއިމުކުރި ތަނަށް ޒިިޔާރަތް ކުރުމަށްފަހު އެހެން ތަނަކަށް ދާން އެނބުރި ބަހަށް އެރި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އަސްކޮއި ގްރޫޕުން ވަނީ ބުނެފައެވެ. ޞަބިއްޔާގެ ކަށު ނަމާދު މިހާރު ވަނީ މައްކާގެ މަސްޖިދުލް ހަރަމުގައި ކުރެވިފައެވެ.
މިއަހަރުގެ ޚައްޖު މޫސުމުގައި ޙައްޖަށް ގޮސްގެން އުޅުނު 4 ދިވެއްސެއްވެސް ވަނީ ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް