ރައީސް ޔާމިންގެ ރަނިންގމޭޓަކަށް ޑރ ޖަމީލް
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުالله ޔާމިން ޢަބްދުލް ޤައްޔޫމްގެ ރަނިންމޭޓަކަށް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ހަމަޖައްސަވައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ޑރ އަޙްމަދު ޖަމީލަކީ 2013ގައި ރައީސް ޔާމިންގެ ރަނިންގމޭޓުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
އެ އިންތިޚާބުން ރައީސް ޔާމިން ވެރިކަމަށް ހޮވިވަޑައިގެން ރައީސް ޔާމިންގެ ފަހަތްޕުޅުގައި 2015 ވަނަ އަހަރުގެ މެދަކާއި ހަމައަށް ޑރ ޖަމީލް ނައިބު ރައީސް ކަން ކުރެއްވެވިއެވެ.
ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއްގެ ނައިބު ރައީސެއް ހަމަޖައްސައި ފުރަތަމަ އިޢުލާނު މިކުރީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް