ކާރެއް ކޮންޓްރޯލުން ނެއްޓި ހޮޅި ދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!
ކާރެއް ކޮންޓްރޯލުން ނެއްޓި ހޮޅި ދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދިއްްގާ މަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް އިން ނެއްޓި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށް މިއަދު މެންދުރު 13:21 ކަން ހާއިރު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މިހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓްގައި ގެއްލުންވި ކާރުގެ ފޮޓޯ ފެންނަ ގޮތުން, އެކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ބައެއް ބައިބައި ފުނޑު ފުނޑު ވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް