ރައީސް ޞާލިހާއި ދެކޮޅަށް، ފުވައްމުލަކު އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރިޔާސީ ކެމްޕެއިނަށް ޏ. ފުވައްމުލަކަށް ވަޑައިގަންނަވާތީ، އެރަށުގައި ތިބި އިދިކޮޅުު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަޕޯޓަރުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން، ފުވައްމުލަކު އެއާޕޯޓުން ރަށަށް އަރާ މަގުގައި އިހްތިޖާޖު ކުރަމުންދާއިރު، އެ ސަރަހައްދު ފުލުހުން ނުކުމެ ވަނީ ބަންދުކޮށްފައެވެ. އަދި އިހްތިޖާޖު ގެ ބައިވެރިންނަށް ހުރަސް އެޅުމަށް ފުލުހުންގެ އިތުރުން ސިފައިންވެސް އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަތަން ދައުރު ވަމުންދާ ވީޑިއޯ ތަކުންފެނެއެވެ.

ހަމައެހެންމެ، އިހްތިޖާޖު ގެ ބައިވެރިން ދުރަށް ޖެއްސުމަށް ޕެޕާ ސްޕްރޭ ވެސް ބައިވެރިންނާއި ދިމާއަށް ޖަހާފައިވާއިރު، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންނާއި ސިފައިން ހުރަސް އަޅަމުން ދިޔަ ނަމަވެސް، ޔާމިންގެ ސަޕޯޓަރުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށާ، ރައީސް ޞާލިހު އިސްތިއުފާ ދެއްވުމަށް ގޮވާލައި ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އިހްތިޖާޖު ކުރިއަށް ގެންދަމުންނެވެ.

މީގެ ކުރިންވެސް ރައީސް ޞާލިހުގެ ކެންޕެއިނަށް ރަށްރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި ރަށްރަށުގައި ތިބި ރައީސް ޔާމީން ގެ ސަޕޯޓަރުން އިހްތިޖާޖު ކޮށްފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް