އިރާގުގެ މުޒާހަރާ، ފޮޓޯ: ވޮޝިންޓަން އިންސްޓިޓިއުޓް
އިރާގުގެ މުޒާހަރާ، ފޮޓޯ: ވޮޝިންޓަން އިންސްޓިޓިއުޓް
ދުނިޔެ 29 Aug 2022 | 22:11

އިރާގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެގަނެފި

އިރާގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެގަނެފިއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީސް އަލުން ގާއިމު ކުރުމަށް ގޮވާލައި ކުރަމުންދާ މި މުޒާހަރާ އެތައް މަހަކަށް ދެމިގެން ގޮސްފައިވާއިރު، މުޒާހަރާތަކުގެ ބައިވެރިން މިއަދު ވަނީ އެ ގައުމުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެގަނެފައެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން މުޒާހަރާގެ ބައިވެރިން ގްރީންޒޯނުގެ އެކި ސަރަހައްދު ތަކާއި ރިޔާސީ ގަނޑުވަރުގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

މުޒާހަރާގެ ހާލަތު އިތުރަށް ގޯސްވެގެން ގޮސްފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައި އެ ގައުމުގެ ޝިއައީ ލީޑަރު މުގްތަދާ އަލްސަދްރު ސިޔާސީ ކަންކަމުން ދުރަށް ދިއުމަށް ނިންމިކަން އިއުލާން ކުރުމާއި ގުޅިގެންނެވެ. އަލްސަދްރު ވެގެން ގޮސްފައިވަނީ މިހާރު އިރާގުގައި ގާއިމުވެފައި އޮތް ގާނޫނު ހަދާ މަޖިލިސް އުވާލާ އަލުން އިންތިހާބު ކުރުމަށް އެންމެ އަޑު ހަރުކޮށް ގޮވާލަމުން ދިޔަ އެއް ފަރާތަށެވެ. އަދި ވޭތުވެދިޔަ މަސްތަކުގައި އިރާގުގައި ކުރިއަށް ގޮސްފައިވާ މުޒާހަރާތަކުގައި ގިނައިން ބައިވެރިވެފައިވަނީވެސް އަލްސަދްރަށް ތާއީދު ކުރާ ފަރާތްތަކުންކަން ފާހަގަކޮށްލެވެއެވެ.

އިރާގުގައި ކުރެވެމުންދާ މުޒާހަރާ ތަކުގެ ތެރެއިން ނިމިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އަދި އަދި ޖުލައި މަހުގެ 30 ވަނަ ދުވަހު ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށްވެސް ވަދެގަނެފައެވެ.

މިއަދުގެ މުޒާހަރާ ހޫނުވެ ގްރީން ޒޯނުގެ ތެރެއަށް މުޒާހަރާގެ ބައިވެރިން ވަނުމާއި އެކު އިރާގުގެ އަސްކަރިއްޔާއިން ވަނީ ވެރިރަށް ބަޣުދާދުގައި ކާފިއު އިއުލާނުކޮށްފައެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު މުސްތަފާ އަލްޚަދީމީ ވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ސަސްޕެންޑު ކޮށްފައިވާކަން ވަޒީރުންނަށް އަންގާފައެވެ.

އިރާގުގައި މިހާރު ކުރިއަށްދާ ސިޔާސީ ހަމަނުޖެހުންތައް ފެށިގެން ގޮސްފައިވަނީ މިދިޔަ އަހަރު ބޭއްވި އިންތިހާބުގައި އަލްސަދުރުގެ ޕާޓީއިން މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް އެކަށީގެންވާ ސަރުކާރެއް ގާއިމު ނުކުރެވި އެ ޕާޓީގެ މެންބަރުން އިސްތިއުފާ ދިން ހިސާބުންނެވެ. އެއާއި އެކު ދެން އިރާނުގެ އެއްބާރުލުން ލިބިފައިވާ އަލްސަދުރުގެ އިދިކޮޅު ޕާޓީއަށް މަޖިލީހުގެ ބާރު ލިބި ސަރުކާރެއް ގާއިމު ކުރުމުގެ މަސައްކަތް ފެށި ހިސާބުންނެވެ. އަލްސަދުރު ސިޔާސީ މަޝްރަހުން ދުރަށް ދިއުމަށް ނިންމުމާއި އެކު އިރާގުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.